ކޭޑުގެ ބޮޑު ތުހުމަތެއް ރައީސް މުއިއްޒަށް!
މިފްކޯގެ ޕަބްލިކް ރިލޭޝަންސް ޑެޕިއުޓީ މެނޭޖަރުގެ މަގާމުން ވަކިކުރި އިބްރާހިމް ސައީދު (ކޭޑު) ރައީސް ޑރ. މުހައްމަދު މުއިއްޒަށް ބޮޑު ތުހުމަތެއްކޮށްފި އެވެ.
އިއްޔެ ކޭޑް ވަޒީފާއިން ވަކިކޮށްފައި ވަނީ މިފްކޯގެ ތެރޭގައި ހިންގާ ކޮރަޕްޝަންގެ މައްސަލަތަކާ ދެކޮޅަށް އޭނާ އަޑުއުފުލަމުންދާ ދަނޑިވަޅެއްގައެވެ.
މިފްކޯ ރިފޯމް ކުރަން ރައީސް މުއިއްޒު ކުރައްވާ މަސައްކަތުގެ ދަށުން ކަމަށް ބުނެ، ކޮރަޕްޝަންގެ ތުހުމަތު ކުރެވިފައިވާ ޖެނެރަލް މެނޭޖަރުންތަކެއް ވަޒީފާއިން ވަކިކުރުމަށްފަހު އަލުން ހަމަ އެ ބޭފުޅުންނަށް...