ގިނަފަހަރަށް އަޅާނުލެވި ދޫކޮށްލެވޭ ޑިޕްރެޝަންގެ އަލާމާތްތަކެއް!
ޑިޕްރެޝަންއަކީ މިއަދު އަހަރުމެންގެ ތެރޭގައި އާއްމު ވެފައިވާ ނަފްސާނީ ބައްޔެކެވެ. އެއްބަޔަކު އެ ބައްޔަށް އެކަށީގެންވާ ފަރުވާ ހޯދާއިރު އަނެއް ބަޔަކަށް އެ ބަލީގެ އަލާމާތްތަކަށް އަޅާނުލެވި ދޫކޮށްލެވެ އެވެ. މި ލިޔުމުގައި މި ބަލާލަނީ އެފަދަ ބައެއް ކަންކަމަށެވެ.
ސަބަބަކާނުލާ މާ ބޮޑަށް ބަރުދަން ލުއިވުން
ޑިޕްރެޝަންއަކީ މީހާގެ ކެއިންބުއިމުގެ އާދަތައް ބަދަލުކޮށްލާ ބައްޔަކަށްވާއިރު އަމިއްލައަށް އެއްވެސް މަސައްކަތެއް ނުކޮށް ބަރުދަން ލުއިވުމަކީ ޑިޕްރެޝަންގެ އަލާމާތެކެވެ.
މާ ބޮޑަށް ރުޅިގަދަވުން
ދިރިއުޅުމުގައި ދިމާވާ އެންމެ...