ހުޅުމާލެ ޕާކްތަކުގައި ޕިކްނިކް ހެދޭނެ، ހުއްދަ ނަގަން ޖެހެނީ ގޮނޑި މޭޒު ބަހައްޓަން
ހުޅުމާލެ ޕާކްތަކުގައި ޕިކްނިކް ހެދުމަށް ހުއްދަ ނަގަން ޖެހެނީ ގޮނޑި މޭޒު ފަދަ ތަކެތި ބަހައްޓާ ނަމަ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.
އެކުންފުނިން ބުނީ އާންމު ތަންތަން ކުއްޔަށް ދޫކުރުމާއި ބޭނުންކުރުމުގެ ގައިޑްލައިނުން، އާންމު ތަންތަނުގައި ޕަބްލިކް ޕިކްނިކް ހެދުމަކީ ހުއްދަ ކަމެއް ކަމަށެވެ.
އާންމުން ހުޅުމާލެ އެކި ސަރަހައްދުތަކުގައި ޕިކްނިކް ހެދުމަށް އެޗްޑީސީގެ ހުއްދަ ނަގަން ޖެހޭ ކަމަށް ބުނެ ބައެއް ފަރާތްތަކުން ވަނީ...