ފިޝަރީޒް މިނިސްޓަރުގެ ނައިބު ޝާފިއު މަގާމުން އިސްތިއުފާދެއްވައިފި
ފިޝަރީޒް މިނިސްޓަރުގެ ނައިބު އަހުމަދު ޝާފިއު މިއަދު އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
ޝާފިއު އިސްތިއުފާ ދެއްވި ކަން އަންގާފައި ވަނީ އޭނާގެ އަމިއްލަ ފޭސްބުކް ޕޭޖުގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
ޝާފިއުގެ ޕޯސްޓުގައި ވިދާޅުވެފައިވާ ގޮތުގައި އޭނާ އިސްތުއުފާ ދެއްވީ ކަންކަން ހައްލުކޮށްދެއްވާނެ ކަމުގެ އުންމީދުގަ އެވެ. އެހެން ނަމަވެސް ހައްލުކުރަން އުއްމީދުކުރައްވާ ކަންތައްތަކަކީ ކޮބައިކަން އިތުރަށް ތަފްސީލު ކޮށްދެއްވާފައެއް ނުވެ އެވެ.
ކަންކަން ހައްލުކޮށްދެއްވާނެ ކަމުގެ އުއްމީދުގައި މިއަދުން ފެށިގެން...