އަންނަ އަންގާރައިން ފެށިގެން މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭ: މެޓް އޮފީސް
އަންނަ އަންގާރަ ދުވަހުން ފެށިގެން މުޅި ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން މިއަދު ބުނެފި އެވެ.
އެ އިދާރާއިން ބުނިގޮތުގައި ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި މެދު ރާއްޖެތެރެ އަދި އުތުރުގެ ބައެއް ސަރަޙައްދުތަކަށް ކެރީގެ އަސަރު ކުރުން އެކަށީގެންވެ އެވެ.
މީގެ އިތުރުން، ބައެއް ހިސާބުތަކަށް ގުގުރުމާއެކު ވިއްސާރަވުމުގެ ފުރުސަތު އޮތްކަމަށް ވެސް އެ އިދާރާއިން ފާހަގަކުރެ އެވެ. ނަމަވެސް، ދެކުނުގެ މޫސުން...