އުމުރުން 40 އަށްވުރެ މަތި ވުމުން ދުވާލަކު މަދުވެގެން 10 މިނެޓު ހިނގަންޖެހޭ!
ސިއްހަތު ސަލާމަތުން ތިބުމަށްޓަކައި، މެދު އުމުރުގެ މީހުން ހިނގަން ޖެހޭނީ ބާރަށް ކަމަށް ތަޖުރިބާކާރުން ބުނެފި އެވެ. ތަޖުރިބާކާރުން މިހެން ބުނެފައިވަނީ ހެލިފެލިވެ އުޅުން މަދުވުމުގެ ސަބަބުން އިންސާނުންނަށް ތަފާތު ބަލިތައް ޖެހުން ކަންބޮޑުވާ މިންވަރަށް މަތިވަމުންދާ ދަނޑިވަޅެއްގަ އެވެ.
ޕަބްލިކް ހެލްތު އިންގްލެންޑްގެ އޮފިޝަލުން ވިދާޅުވަނީ 40 އަހަރަށް ވުރެ މައްޗަށް ދިއުމުން ގިނަ މީހުން ހަރަކާތްތެރިވާ މިންވަރު ދަށަށް ދާކަމަށެވެ. އަދި އުމުރުން 40 އަހަރާއި 60 އަހަރާ...