މާދަމާ ސަރުކާރު ހުޅުވުނަސް ދިރާސީ އަހަރު ފަށާނީ ހޯމަ ދުވަހު
އީދުގެ ޗުއްޓީއަށް ފަހު، ސަރުކާރުގެ އޮފީސްތައް މާދަމާއިން ފެށިގެން އަލުން ހުޅުވުމަށް ހަމަޖެހުނަސް، ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ ހަފުތާގެ ހޯމަ ދުވަހު އެވެ.
މި ދިގު ޗުއްޓީއާއެކު، ސަރުކާރުގެ މުވައްޒަފުންނަށް ދެ ހަފުތާގެ ބަންދެއް ލިބިފައިވެ އެވެ.
ސްކޫލްތަކުގެ ބޮޑު ޗުއްޓީ ފެށުނީ ފެބްރުއަރީ 27 ގައި ކަމަށްވާއިރު، މި 40 ދުވަހުގެ ޗުއްޓީއަށްފަހު، އާންމު އުސޫލާ ހިލާފަށް މިފަހަރު ކިޔެވުން ފަށާނީ އާދީއްތަ ދުވަހުގެ...