މުޝްފިގު ހޯދުމަށް ޑައިވްކޮށްގެން 65100 އަކަ މީޓަރުގެ ސަރަހައްދެއް ބަލައިފި
މިދިޔަ ބުދަ ދުވަހުގެ ރޜގެ ވަގުތެއްގައި އަލިފާން ރޯވި ހޮޅުދޫ ބޯޓުން ގެއްލުނު އަލީ މުޝްފިގު ޝަރީފް ހޯދުމަށް ޑައިވްކޮށްގެން 65100 އަކަ މީޓަރުގެ ސަރަހައްދެއް ބަލައިފި އެވެ.
އެ ބޯޓުގައި ރޯވީ ތ. ހިރިލަންދުއިން ފުރައިގެން ދަތުރުކުރަމުން ދަނިކޮށް ބުދަ ދުވަހުގެ ރޭ 9:07ގަ އެވެ.
އެމްއެންޑީއެފް އިން ބުނީ ޑައިވް ކުރުމުގެ އިތުރުން ސާފޭސް ސާޗްގެ ގޮތުގައި ވެސް ފާއިތުވި 24 ގަޑިއިރު 92.42 ސްކުއެއާ ނޯޓިކަލް މޭލް ބަލާފައިވާ...