ރާއްޖޭގައި ސިނގިރޭޓް މަނާކަން ޓޫރިސްޓުންނަށް އެނގޭނެތޯ ރީކޯ ސުވާލު އުފައްދައިފި
ރާއްޖޭގައި ސިނގިރޭޓާއި ވޭޕް މަނާކޮށްފައި އޮތްކަން ރާއްޖެ އަންނަ ޓޫރިސްޓުންނަށް އެނގޭނެތޯ، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ސުވާލުކުރައްވައިފި އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މޫސަ ވަނީ އިނގިރޭސިވިލާތާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރާއިރު، ރާއްޖޭގައި ސިނގިރޭޓާއި ވޭޕް މަނާކޮށްފައި އޮތްކަން އިޝްތިހާރުތަކުން ބޭރު ގައުމުތަކުގެ މީހުންނަށް އެނގޭނެތޯ ސުވާލު ކުރައްވާފަ އެވެ.
އޭނާ މިހެންސުވާލު ކުރައްވާފައި ވަނީ، ރާއްޖޭގައި ވަކި ޖީލަކަށް، ދުންފަތުގެ އިސްތިއުމާލު...