އިލްމާ އެއްގޮތަށް އަމަލުކުރާ މީހުންނަށް މަންފާ ގިނަ: ހުކުރު ހުތުބާ
އިލްމު އުނގެނި އެއާ އެއްގޮތަށް އަމަލުކުރާ މީހުންނަށް ލިބޭ މަންފާ ބޮޑުކަމަށް މިއަދުގެ ހުކުރު ހުތުބާގައި ވިދާޅުވެއްޖެ އެވެ.
ހުތުބާގައި، މާތްﷲ އަށް އެންމެ ބޮޑަށް ބިރުވެތިވާ މީހުންނަކީ އިލްމުވެރިން ކަމަށް ފާހަގަކުރައްވާފައިވާއިރު، އިލްމުވެރިންނަށް މާތްﷲ ހާއްސަ ކަމެއް ދެއްވާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
އިލްމުވެރިޔާގެ ފަރާތުން މީސްތަކުންނަށް ކުރާ މަންފާ ބޮޑުވާނެ ކަމަށާއި، އަޅުވެރިޔާގެ އަޅުކަމުގެ މަންފާ ކުރާނީ އޭނާގެ އަމިއްލަ ނަފުސަށް ކަމަށް ހުތުބާގައި ވިދާޅުވި އެވެ.
އިލްމު އުނގެނުނު އިލްމާ...