ނިއުޒިލެންޑްގެ "ފިޝް އޮފް ދަ އިޔާ" ދިނީ ދުނިޔޭގެ އެންމެ ހުތުރު މަހަށް
ދުނިޔޭގެ އެންމެ ހުތުރު ޖަނަވާރުކަމަށް ބުނެވޭ ބްލޮބްފިޝް، ނިއުޒީލެންޑްގެ "ފިޝް އޮފް ދަ އިޔާ" ކަމަށް ވޯޓު ދެވިއްޖެ އެވެ.
ގާތްގަނޑަކަށް 12 އިންޗި (30 ސެންޓިމީޓަރު) އަށް ބޮޑުވާ މި ޖަނަވާރަށް ލޯބިން ކިޔަނީ މިސްޓަ ބްލޮބީ އެވެ. އަދި މިއީ އަގްލީ އެނިމަލް ޕްރިޒަވޭޝަން ސޮސައިޓީގެ ރަސްމީ މެސްކޮޓެވެ. މީގެ ބޮލަކީ ބޮޑު ބޯޅައެއް ފަދަ އެއްޗެކެވެ. ހަމުގެ ގޮތުގައި ހުންނަނީ ފަތްފަތްކޮށް ހުންނަ އެއްޗެކެވެ.
މިއީ ފުން ކަނޑުގައި...