މަޖިލިސް މެންބަރުންގެ ލިވިން އެލަވަންސް 35،000ރ އަށް ބޮޑުކުރަން ހުށަހަޅާނަން: އައްބާސް
ރައްޔިތުންގެ މަޖިލީސް މެންބަރުންނަށް މިހާރު ދޭ 20،000 ރުފިޔާގެ ލިވިން އެލަވަންސްގެ ބަދަލުގައި 35،000ރ ދިނުމަށް ހުށަހަޅުއްވާނެ ކަމަށް ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެ އެވެ.
މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އައްބާސް ވިދާޅުވީ ރައްޔިތުން މަޖިލީސް ގެ މެންބަރުންގެ %75 މެންބަރުންނަކީ ރާއްޖެތެރޭގެ މެންބަރުން ކަމަށްވެފައި އެޕާޓްމެންޓު ތަކުގެ ރެންޓު މިހާރު ހުރި ރޭޓަށް ބަލާއިރު މެންބަރުންނަށް ލިވިންގ އެލަވަންސްއަށް މިހާރު ލިބޭ 20،000 ރުފިޔާގެ ބަދަލުގައި...