ކޮންސެޓަކަށް 3 ގަޑިއިރު ލަހުން އައުމުން ނޭހާ ހޫނު ފެނަށް!
އޮސްޓްރޭލިއާގެ މެލްބަންގައި ބާއްވަން ހަމަޖެހިފައި އޮތް ކޮންސެޓަކަށް ލަވަކިޔުންތެރިޔާ ނޭހާ ކައްކަރު ލަހުން އައުމުން އޭނާއަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވާން ފަށައިފި އެވެ.
މީގެ ހަފްތާއެއްހާ ދުވަސް ކުރިން މެލްބަންގައި އޮތް އެ ކޮންސެޓަށް ނޭހާ ގޮސްފައިވަނީ ތިން ގަޑިއިރު ފަހުންނެވެ. ލަހުން އައުމަށްފަހު އޭނާ ވަނީ ސްޓޭޖަށް އަރައި ރޮމުން އާއްމުންގެ ކިބައިން މައާފަށް އެދިފަ އެވެ.
އެހެން ނަމަވެސް ކޮންސެޓަށް އެއްވެ ތިބި މީހުން ވަނީ އޭނާއާ ދެކޮޅަށް...