ފިތުރު ޒަކާތުގެ ގޮތުގައި މިއަހަރު 13.3 މިލިއަން ރުފިޔާ ދެއްކި: ޒަކާތު ހައުސް
މި އަހަރުގެ ފިތުރު ޒަކާތުގެ ގޮތުގައި 13.3 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ދިވެހި ރާއްޖޭގެ ޒަކާތު ހައުސްއިން ބުނެފި އެވެ.
ޒަކާތު ހައުސްއިން ބުނީ މި އަހަރަކީ ވޭތުވެދިޔަ ހަތަރު އަހަރާ އަޅާބަލާއިރު އެންމެ ގިނައިން ޒަކާތުގެ ގޮތުގައި ފައިސާ ލިބުނު އަހަރު ކަމަށެވެ.
ޒަކާތު ހައުސްއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުގައި މި އަހަރު ފިތުރު ޒަކާތުގެ ގޮތުގައި ޖުމުލަ 13،264،819 ރުފިޔާ ވަނީ ލިބިފަ އެވެ. ނަމަވެސް މިދިޔަ...