ޒީނާގެ ސެޝަންތަކުން ގިނަބައެއްގެ ހަޔާތަށް އުފާވެރިކަމާއި އާރޯކަން!
ހަޔާތުގެ އެކި މަރުހަލާތަކުގައި ހާސްކަމާއި ނުތަނަވަސްކަން ގިނަވުމުގެ ސަބަބުން ކަންތައްތައް ކުރަންވީ އަދި ދާންވީ މިސްރާބު ވަރަށް ގިނަ ފަހަރު ގެއްލެ އެވެ. މިފަދަ ހިތް ނުތަނަވަސްކުރާ އިހުސާސްތަކަކީ އަމިއްލައަށް ހައްލު ނުކުރެވިއްޖެނަމަ، މީހާގެ އުފެއްދުންތެރިކަމަށް އަސަރުފޯރާ ކަންތަކެވެ.
އައިޝަތު ޒީނާ (ޒީ)ގެ އެންމެ ބޮޑު އަމާޒަކަށް ވެފައި ވަނީ މީހުންނަށް ދިމާވާ ހާސްކަމާއި ނުތަނަވަސްކަން ފިލުވައިދީ، ހިތްހަމަޖެހުމާއި އަމާންކަން އިހުސާސް ކޮށްދިނުމެވެ. ކްލިނިކަލް ހިޕްނޯސިސް އަދި އިމޯޝަނަލް އިންޓެލިޖަންސްގެ އެހީގައި...