މާލެ، ހުޅުމާލެ، ވިލިމާލޭގައި މާދަމާ ހަވީރު އުޅެންޖެހޭނީ ފައިމަގުގައި
މާލެ، ހުޅުމާލެ، ވިލިމާލޭގައި މާދަމާ ހަވީރު ފައިމަގުގައި އުޅެންޖެހޭގޮތަށް މާލޭ ސިޓީ ކައުންސިލުން ހަމަޖައްސައިފި އެވެ.
މާލޭ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ވަނީ އީދު ދުވަހުގެ ހަވީރު 16:00 އިން 18:00އަށް މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ހިމެނޭ އާންމު ހުރިހާ މަގުތަކަކީ ވެހިކަލް ނުދުއްވާ ސަރަހައްދުތަކެއްގެ ގޮތުގައި ހަމަޖެއްސުމަށް އެ ކައުންސިލްގެ ޖަލްސާއަކުން ނިންމާފައިވާ ކަމަށެވެ.
ވެހިކަލް ދުއްވުން މަނާވިޔަސް އިމަޖެންސީ ހާލަތުގައި ހުއްދަ ދެވިފައިވާ ވެހިކަލްތަކަށް ދަތުރުކުރެވޭނެ ކަމަށް...