ސައުދީއަށް ހަނދު ފެނުމާއެކު ރާއްޖެއަށް ވެސް މާދަމާ އީދު
ސައުދީއަށް ހަނދު ފެނުމާއެކު ރާއްޖެއަށް ވެސް މާދަމާއަކީ ފިތުރު އީދު ދުވަސް ކަމަށް ނިންމައިފި އެވެ.
މާދަމާއަކީ މިއަަހަރުގެ ފިޠުރު ޢީދު ދުވަސްކަމުގައި ކަނޑަައަޅުއްވައި، އިއުލާންކުުރެއްވީ ޝައްވާލުމަހުގެ ހަނދު ސާބިތުކުރުމަށް މިރޭ އިސްލާމީ މަރުކަޒުގައި ބޭއްވި ޖަލްސާއަށްފަހު، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީގެ ފަރާތުން އިއްވެވި ހަނދާ ބެހޭ ބަޔާނުގަ އެވެ.
އިސްލާމިކް މިނިސްޓަރުގެ ބަޔާނުގައި ވިދާޅުވީ ރާއްޖޭގެ އެއްވެސް ރަށަކަށް ހަނދު ނުފެނުނު ނަމަވެސް އިސްލާމީ ބައެއް ގައުމުތަކަށް...