އެއީ ވަރަށް ބިރުވެރި ވަގުތުކޮޅެއް، ދިވެހީންގެ ހާލު ގާތުން މިދަނީ ބަލަމުން: ފުއާދު
ތައިލޭންޑްގެ ވެރިރަށް ބެންކޮކަށް މިއަދު ބާރުގަދަ ބިންހެލުމެއް އައިވަގުތަކީ ވަރަށް ބިރުވެރި ވަގުތެއް ކަމަށާއި އެ ގައުމުގައި ދިރިއުޅޭ ދިވެހީންގެ ހާލު ގާތުން ބަލަމުން އަންނަ ކަމަށް ރާއްޖެއިން ތައިލޭންޑަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ފުއާދު ތައުފީގު ވިދާޅުވެއްޖެ އެވެ.
ފުއާދު ވިދާޅުވީ ބިންހެލުމާ ގުޅިގެން އެއްވެސް ދިވެއްސަކަށް ގެއްލުމެއް ލިބުނު ކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައިނުވާ ކަމަށެވެ.
ބިންހެލުމާ ގުޅިގެން ބެންކޮކުގައި ދިރިއުޅޭ މީހުން ތިބީ މަގުމަތީގައެވެ. އިމާރާތްތައް ބަލައި ފާސްކުރުމަށްފަހު...