މިޔަންމާއަށް އައި ބާރުގަދަ ބިންހެލުމުގައި 153 އަށްވުރެ ގިނަ މީހުން މަރުވެއްޖެ
ބެންކޮކް (މާޗް 28) - މިޔަންމާ އާއި އަވަށްޓެރި ތައިލެންޑާއި ވިއެޓްނާމަށް މިއަދު އައި ބާރުގަދަ ބިންހެލުމުގައި 153 އަށް ވުރެ ގިނަ މީހުން މަރުވެ، އިމާރާތްތަކާއި މުހިންމު ބްރިޖުތައް ވެއްޓި މަގުތައް ވެސް ފަޅައިގެން ހިނގައްޖެ އެވެ.
މިޔަންމާގެ ސަރުކާރުން ހިންގާ އެމްއާރު ޓީވީގެ ޓެލެގްރާމް ޗެނަލްގައި ބުނެފައި ވަނީ މިޔަންމާގައި 144 މީހުން މަރުވެ 700 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށެވެ.
އެ ގައުމުގެ ވެރިކަންކުރާ ޖުންޓާގެ...