ބާރުގަދަ ބިންހެލުމެއްގައި ތައިލެންޑްގެ އިމާރާތެއް ވެއްޓިއްޖެ
މިޔަންމާއަށް އައި 7.7 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއްގެ އަސަރު އަވަށްޓެރި ތައިލެންޑަށްކޮށް، އެގައުމުގެ ހަދަމުންދާ އިމާރާތެއް ވެއްޓި ބިމާ ހަމަވެއްޖެ އެވެ.
ޔުނައިޓެޑް ސްޓޭޓްސް ޖިއޮލޮޖިކަލް ސަރވޭ (ޔޫއެސްޖީއެސް) އިން ބުނާ ގޮތުގައި، މިޔަންމާއަށް 7.7 އަދި 6.4 ގެ ބިންހެލުމެއް މިއަދު އައިސްފައިވެ އެވެ. މި ބިންހެލުމުގެ ސަބަބުން ތައިލެންޑަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ އިރު، އެ ސަރަހައްދުގެ އެހެން ގައުމުތަކަށް ވެސް ބިންހެލުން އިހުސާސް ކުރެވިފައިވެ އެވެ.
ބިންހެލުމާ ގުޅިގެން...