ފަގީރުންގެ ދަފްތަރުގައި ތިބި އެންމެންނަށް އެއް ހަމައަކުން ޒަކާތް، ކޮންމެ މީހަކަށް 4،500ރ.
ފަގީރުންގެ ދަފްތަރުގައި ހިމެނޭ އެންމެންނަށް އެއް ހަމައަކުން މި އަހަރު ފިތުރު ޒަކާތް ބަހަން ނިންމައިފި އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ސޯޝަލް މީޑިއާގައި ރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފަގީރުންގެ ލިސްޓުގައި ތިބި މީހުންނަށް އެއްވަރަކަށް ޒަކާތް ބަހަން ނިންމީ އިޖުތިމާއީ އަދާލަތު ގާއިމްކުރުމަށް ކަމަށެވެ.
މީގެ ކުރިން، ޒަކާތް ބެހީ އެ ރަށަކުން ލިބޭ އެއްޗެއް، އެ ތަނެއްގެ ފަގީރުންގެ ލިސްޓުގައި ތިބި މީހުންނަށެވެ. ޒަކާތް ބެހުމުގެ...