އިހްސާންތެރިކަމުގެ މޭޒު: މިސްރުން މުޅި ދުނިޔެއަށް މިސާލު ދައްކަނީ!
އިރު އޮއްސޭ ވަގުތަށް ގަޑީގެ ފައިކަށި ކުރު ކުރަމުން ދާއިރު މިސްރުގެ "ސައީދާ ޒައިނަބް" އޭ ކިޔުނު ސަރަހައްދު ހަލަބޮލިވެ އެވެ. އެ ސަރަހައްދުގެ އެންމެ ދިގު މަގުގެ އެކި ސަރަހައްދުތަކުގައި މޭޒުތަކެއް އަތުރާލެވެ އެވެ.
އިސާހިތަކު އެ މޭޒުތަކަށް ތަފާތު އެކި ވައްތަރުގެ ކާބޯތަކެތި އަރައި ފުރެ އެވެ. އެފަދަ ދެވަނައެއް ނެތް ރޯދަ ވީއްލުމަކަށް ތައްޔާރުވެ އެވެ.
މިއީ ޒަމާނުއްސުރެ އެ ސަރަހައްދުގައި އޮންނަ ރަމަޟާން މަހުގެ ސަގާފަތެކެވެ....