ބާރުބޮޑުވާ ވަގުތުތަކުގައި ހަރަމްފުޅަށް ކުޑަކުދިން ނުގެންދަން އިލްތިމާސް ކޮށްފި
މަސްޖިދުލް ހަރަމްއަށް ގިނަ އަދަދަކަށް މީހުން ވަދެ ބާރުބޮޑުވާނެ ކަމަށް ބެލެވޭ ވަގުތުތަކުގައި އެ މިސްކިތަށް ކުޑަކުދިން ނުގެންދިއުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސް ކޮށްފި އެވެ.
ސައޫދީ އަރަބިއާގެ ދާޚިލީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކުޑަކުދިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުުރުމަށްޓަކައި މި ދުވަސްވަރު އެންމެ ރަނގަޅު ގޮތަކީ މިސްކިތުގެ ގޯތިތެރެއަށް ކުޑަކުދިން ނުވެއްދުން ކަމަށެވެ.
އެގޮތުން ނަމާދު ވަގުތުތަކާއި ފަހު ދިހައިގެ ރޭތަކުގައި މިސްކިތަށް ކުޑަކުދިން ނުގެންދިއުމަކީ ދެން މިސްކިތުގައި...