ސިނގިރެޓް އެތެރެކުރަން އުޅެނިކޮށް ހައްޔަރުކުރި ދެމީހުން ޝަރުތުތަކަކާއެކު ދޫކޮށްލައިފި
ހުއްދަ ނެތި ގިނަ އަދަދެއްގެ ސިނގިރޭޓު އެތެރެކުރަން އުޅުނު ދެ މީހުން ޝަރުތުތަކަކާއެކު ދޫކޮށްލައިފި އެވެ. ފުލުހުން ބުނީ މިދިޔަ އަންގާރަ ދުވަހުގެ ހެނދުނު 6:20 އެހާކަންހާއިރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑިޕާޗާ ހޯލުން ހުއްދަނެތި ގިނަ އަދަދެއްގެ ސިނގިރޭޓު ރާއްޖެ އެތެރެކުރަން މަސައްކަތް ކޮށްފައިވާ މައްސަލައެއް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ފުލުހުންނަށް ހުށައަޅާފައިވާ ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން ދެ މީހަކު ހައްޔަރުކުރި ކަމަށް ފުލުހުން ބުނެ އެވެ....
0 Comments 0 Shares