ސްކޭމްތައް އިތުރުވަމުންދާތީ ސަމާލުވުމަށް ފުލުހުން އެދިއްޖެ
ވައިބާ ހެކްކޮށްގެން ފައިސާ ހޯދާ މައްސަލައާއި ފޭސްބުކް މާކެޓްޕްލޭސް ސްކޭމްތައް އިތުރުވަމުންދާތީ އެކަމަށް ސަމާލުވުމަށް ފުލުހުން އެދިއްޖެ އެވެ.
ފުލުހުންގެ ސައިބާ ކްރައިމް ޑިޕާޓްމަންޓުން އާންމުކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން ވައިބާ ހެކްކޮށްގެން ރަހުމަތްތެރިންނާއި އާއިލާ މެމްބަރުންގެ އަތުން ފައިސާ ހޯދާ މައްސަލަތައް އިތުރުވަމުންދާކަން ވަނީ ފާހަގަކޮށްފަ އެވެ.
ފައިސާ ފޮނުވުމުގެ ކުރިން ކާކުތޯ ޔަގީންކުރުމަށް ފަހު ނޫނީ އޯޓީޕީ ކޯޑު އެއްވެސް ފަރާތަކާ ހިއްސާ ނުކުރުމަށާއި، ހަމަ މެސެޖެއް ލިބޭ އިރަށް ފައިސާ...