ރަމަޟާން މަހު ހަރަމްފުޅުގައި ބޯކޮށައިދިނުމުގެ ޚިދުމަތް ދޮޅު ލައްކަ މީހުންނަށް!
ރަމަޟާން މަހުގެ ފުރަތަމަ 20 ދުވަހު ޖުމްލަ 150،000 މީހުން ހަރަމްފުޅުގައި ގާއިމު ކޮށްފައިވާ ބޯ ކޮށައިދިނުމުގެ ހިދުމަތް ހޯދާފައިވާ ކަމަށް ދެ ހަރަމްއާ ބެހޭ އިދާރާ "ހަރަމައިން"އިން ހާމަކޮށްފި އެވެ.
މަސްޖިދުލް ހަރަމްގެ ރަސްމީ އެކްސް އެކައުންޓް "ހަރަމައިންއިންފޯ"ގައި ބުނެފައިވަނީ ބޯ ކޮށައިދިނުމުގެ ހިދުމަތުގައި 12 އުޅަނދާއި 112 މުވައްޒަފުން ހަރަކާތްތެރިވާ ކަމަށެވެ.
އެއާއެކު ހިދުމަތްދޭ ސަރަހައްދުތަކަކީ ކޮންމެ ދުވަހަކު ވެސް ހަތް ފަހަރު ސާފުކޮށް ސެނިޓައިޒް ކުރެވޭ ސަރަހައްދުތަކެއް ކަމަށް...