ހަރަމްފުޅުގެ ދަތުރުފަތުރުގެ ހިދުމަތްތަކަށް ބޮޑު ތަރުހީބެއް!
މި ރަމަޟާން މަހު މައްކާގެ މަސްޖިދުލް ހަރަމްގައި ގާއިމުކޮށްފައިވާ ދަތުރު ފަތުރުގެ ހިދުމަތްތަކަށް ބޮޑު ތަރުހީބެއް ލިބެމުން އެބަދެ އެވެ.
ދެ ހަރަމާ ބެހޭ އިދާރާއިން ހާމަކުރި ގޮތުގައި ރަމަޟާން މަހުގެ ފުރަތަމަ 21 ދުވަހު ޖުމްލަ 836،574 މީހުން ހަރަމްފުޅުގެ އެތެރޭގެ ދަތުރު ފަތުރުގެ ހިދުމަތްތައް ބޭނުން ކޮށްފައިވެ އެވެ.
އެގޮތުން މިދިޔަ އަހަރު ހަރަމްފުޅުގައި ތައާރަފްކުރި އިލެކްޓްރިކް ވެހިކަލް (ގޮލްފް ކާޓް) އެ މުއްދަތުގައި 643،364 މީހުން ބޭނުންކުރި އެވެ....