ފަޒުލް އާއި އޭނާގެ ބޭބެ ޕާސްޕޯޓް ދޫކޮށްލައިފި
އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދުގެ ބޭބެއަށް ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބިފައި ނުވަނީސް، ގޯތި ކަނޑާފައި ދިން މައްސަލައާ ގުޅިގެން ހިފެހެއްޓި ޕާސްޕޯޓްތައް ދޫކޮށްލައިފި އެވެ.
އެމްޑަބްލިޔުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި ފަޒުލްގެ ބޭބެ މުހައްމަދު ފަޒީލް ރަޝީދަށް ވަގަށް ގޯތި ދިން މައްސަލައާ ގުޅިގެން ފަޒުލް އާއި ފަޒީލްގެ ޕާސްޕޯޓް ހިފެހެއްޓިއެވެ.
މިކަމާ ބެހޭގޮތުން ސުވާލުކުރުމުން ފުލުހުން ބުނީ އެ މައްސަލާގައި ހިފެހެއްޓި ޕާސްޕޯޓްތައް...