އައްޑޫ ރައްޔިތުން އަނދިރީގައި ތިއްބާ އީދަށް މާލެ ދިއްލުމާ މެމްބަރު ކުޑޫ ދެކޮޅު
އައްޑޫ ސިޓީގެ ރައްޔިތުން އަނދިރީގައި ތިއްބާ ބޮށު ހަރަދުކޮށްގެ މާލެ ދިއްލުމާ ދެކޮޅު ކަމަށް ރައްޔިތުން މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު، މުހައްމަދު އިބްރާހިމް (ކުޑޫ) ވިދާޅުވެއްޖެ އެވެ.
ރޯދަ މަހު ވެސް އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކޮންމެ ދުވަހަކު ކަރަންޓް ކަނޑަމުންދާތީ ގިނަ ރައްޔިތުންނަށް ދަނީ ދަތިތަކާ ކުރިމަތިވަމުންނެވެ. އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓު ދިނުމަށް ފެނަކަ ކޯޕަރޭޝަނުން ބޭނުންކުރަމުން ގެންދިޔަ ޖަނެރޭޓަރަކަށް މައްސަލަ ދިމާވެ، އެ...