ރަސްދޫގެ ގެއެއްގައި ރޯވެ ދެމަފިރިއަކު ވަރަށް ބޮޑަށް ފިހިއްޖެ
އއ.ރަސްދޫ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ދެމަފިރިއަކު ވަރަށް ބޮޑަށް ފިހިއްޖެ އެވެ.
އެ ރަށުން "ހުރިހާ" އަށް މައުލޫމާތު ދިން މީހަކު ބުނީ ރޭ ހިނގި އަލިފާނުގެ ހާދިސާގައި އެ ދެމަފިރިން ވަރަށް ބޮޑަށް ފިހި ހާލު ސީރިއަސް ކަމަށް އާއިލާއިން ބުނެފައިވާ ކަމަށެވެ.
ހާދިސާއަށްފަހު އިތުރު ފަރުވާއަށް އެދެމަފިރިން ވަނީ މާލެ ގެނެސްފަ އެވެ.
ރަސްދޫއިން ވާހަކަ ދެއްކި މީހާ ބުނީ ރޭ 11:00 އެހާއިރު ރޯވެފައިވަނީ އެގޭގެ ކޮޓަރިއެއްގައި ކަމަށެވެ....