މުނައްވަރުގެ ދެމަފިރިން ވެސް އުމްރާގެ އަޅުކަން އަދާކޮށްފި
އިންޑިއާގެ މަޝްހޫރު ކޮމީޑިއަން މުނައްވަރު ފާރޫގީއާއި އޭނާގެ އަންހެނުން މެހްޒަބީން ކޯޓްވާލާ ވެސް މިއަހަރުގެ ރަމަޟާން މަހު އުމްރާގެ އަޅުކަން އަދާކޮށްފި އެވެ.
މުނައްވަރު ވަނީ ވަރަށް ފަހުން އޭނާގެ ސޯޝަލް މީޑިއާގައި އުމްރާގެ ތެރެއިން ނަގާފައިވާ ފޮޓޯއެއް ހިއްސާ ކޮށްފަ އެވެ. އެ ފޮޓޯގައި ފެންނަނީ އެ ދެމަފިރިން ކައުބަތުﷲ ގެފުޅުގެ ކުރިމަތީގައި ހުއްޓިގެން ތިބި މަންޒަރެވެ.
އެ ފޮޓޯއާއެކު މުނައްވަރު ބުނެފައިވަނީ އެއީ މުޅި ދުނިޔޭގައިވާ އެންމެ ރީތި ތަން...