ފްލެޓް ލިސްޓަށް 1،500 އަށް ވުރެ ގިނަ ޝަކުވާ ހުށައަޅައިފި
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭގައި އިމާރާތްކޮށްފައިވާ 4000 ފްލެޓް ލިބުނު ފަރާތްތަކުގެ ލިސްޓަށް ޝަކުވާއަށް ހުޅުވާލުމުން، މިހާތަނަށް 1500 އަށްވުރެ ގިނަ ޝަކުވާ ޕޯޓަލް މެދުވެރިކޮށް ލިބިފައިވާކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.
ހައުސިން މިނިސްޓްރީން ވަނީ ފްލެޓް ލިސްޓަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު އަންނަ މަހުގެ 15 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފަ އެވެ. ފްލެޓް ލިބޭ މީހުންގެ ލިސްޓު ވެރިފައިކުރުމަށްފަހު އާންމުކޮށް، ލިސްޓާއި ގުޅޭގޮތުން ޝަކުވާ ހުށައެޅުމުގެ ފުރުސަތު...