23 ވިލޭރޭ ހަރަމްފުޅަށް 3 މިލިއަނަށްވުރެ ގިނަ މުސްލިމުން!
ހިނގަމުން މިދާ ރަމަޟާން މަހުގެ 23 ވަނަ ވިލޭރޭ (ހޮނިހިރު ދުވަހުގެ ރޭ) މައްކާގެ މަސްޖިދުލް ހަރަމްއަށް ތިން މިލިއަނަށްވުރެ ގިނަ މުސްލިމުން ގޮސްފައިވާ ކަމަށް ސައޫދީގެ އިދާރާތަކުން ބުނެފި އެވެ.
ހައްޖާއި އުމްރާގެ ކަންކަމާ ބެހޭ ވަޒީރު ވިދާޅުވީ 23 ވަނަ ވިލޭރޭ ހިމެނޭހެން ރަމަޟާން މަހުގެ 22 ވަނަ ދުވަހު ހަރަމްފުޅުގައި ގިނަ އަދަދަކަށް މުސްލިމުން ގޮސްފައިވާ ކަމަށެވެ.
އެގޮތުން އެ ދުވަހުގެ ފަތިސް ނަމާދުގެ ޖަމާއަތުގައި 592،000 މީހުން...