ދ. އަތޮޅުގެ ފަޅު ރަށެއް ކަމަށްވާ އުއްދުއަށް ޑެޕިއުޓީ މިނިސްޓަރު އައްޔަންކޮށްފި
ދ. އަތޮޅުގެ ފަޅުރަށެއް ކަމަށްވާ އުއްދުއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ޑެޕިއުޓީ މިނިސްޓަރަކު އައްޔަންކުރައްވައިފި އެވެ.
ދ. މީދޫ ރައްޔިތުން ދަތުރުދާނެ ރަށެއްގެ ގޮތުގައި ރައީސް މުއިއްޒު ކަނޑައެޅުއްވި އުއްދޫ ބެލެހެއްޓުމަށް ޑެޕިއުޓީ މިނިސްޓަރެއްގެ ގޮތުގައި އައްޔަންކުރެއްވީ ދ. މީދޫ، އާދަމް ނަސީރެވެ. ޑެޕިއުޓީ މިނިސްޓަރުންނަށް 35،000 ރުފިޔާގެ މުސާރައެއް ލިބެ އެވެ.
އާދަމް ނަސީރު އައްޔަންކުރީ ލޯކަލް ގަވާމެންޓް މިނިސްޓަރު އާދަމް ޝަރީފްގެ ނައިބެއްގެ ގޮތުގައެވެ.
ވިޔަފާރިވެރިޔާ އަހްމަދު ސިޔާމް މުހައްމަދަށް...