މަމްސް އެއިޑްގެ "ބެކްޓު ސްކޫލް 2025" އަށް ދިރާގުގެ އެހީތެރިކަން ދީފި
ދިރާގުގެ ސީ.އެސް.އާރގެ ދަށުން، މުޖުތަމައުގައި އެހީއަށް ބޭނުންވެފައި ތިބި އާއިލާތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން، މަމްސް އެއިޑްގެ "ބެކް ޓު ސްކޫލް 2025" ޕްރޮގްރާމަށް ދިރާގުން އެހީތެރިކަން ފޯރުކޮށްދީފި އެވެ.
ދިރާގުން ބުނިގޮތުގައި "ބެކް ޓު ސްކޫލް 2025" ޕްރޮގްރާމުގެ މައިގަނޑު މަގްސަދަކީ ދިރާސީ އާ އަހަރު ފެށޭއިރު މުޖުތަމައުގައި އެހީތެރިކަމަށް ބޭނުންވެފައި ތިބި އާއިލާތަކުގެ ތެރެއިން ހާއްސަކޮށް އެކަނިވެރި މައިންނަށް އެއްބާރުލުން ދިނުމެވެ. މި މައިންގެ ތެރޭގައި ތަފާތު ނުކުޅެދުންތެރިކަން...