އިޒްރޭލުން ދިން ހަމަލާއެއްގައި ހަމާސްގެ ސިޔާސީ ލީޑަރު ޝަހީދުކޮށްލައިފި
އިޒްރޭލުން ޣައްޒާގެ ދެކުނުގެ ހާން ޔޫނިސްއަށް ދިން ވައިގެ ހަމަލާއެއްގައި ހަމާސްގެ ސިޔާސީ ލީޑަރު ސަލާހު އަލް ބަރްދާވީލް ޝަހީދުކޮށްލައިފި އެވެ. މިކަން ކުށްވެރިކޮށް ހަމާސްއިން ނެރުނު ބަޔާނެއްގައި ބުނީ ވައިގެ ހަމަލާގައި ބަރްދާވީލްގެ އިތުރުން އޭނާގެ އަންހެނުން ވެސް ޝަހީދުކޮށްލާފައިވާ ކަމަށެވެ. އެ މީހުން ޝަހީދުކޮށްލާފައި ވަނީ ނަމާދަށް ތިއްބާ ކަމަށްވެސް ހަމާސްއިން ބުންޏެވެ. ކުރީގައި ހަމާސްގެ ސްޕޯކްސްޕަރސަނެއްގެ ގޮތުގައި މަސައްކަތްކުރެއްވި ބަރްދާވީލް އަކީ މީޑިއާއިން ފެނިވަޑައިގަންނަވާ ބޭފުޅުކެވެ. މިކަމާއި ގުޅިގެން...
0 Comments 0 Shares