ފަޅުގައި އަޅާފައި އޮންނައިރު ވެސް ފަޅުވެރިން އުޅަނދުގައި ތިބެން ލާޒިމްކޮށްފި
ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދުއްވާ ކަނޑު އުޅަނދުފަހަރު ޖެޓީގައި އޮންނަ ވަގުތު ތަކުގައި އެ އުޅަނދެއް ބެލެއްހެއްޓުމަށްޓަކައި އެކަށީގެންވާ އަދަދަށް ފަޅުވެރިން ތިބުމަށް ޓްރާންސްޕޯސްޓް މިނިސްޓްރީން ލާޒިމްކޮށްފި އެވެ.
އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ފަޅުތެރޭގައި އާއި ކަނޑުގެ އެކި ސަރަހައްދުތަކަށް ނަގިލި ލުމަށްފަހު އުޅަނދު ބެލެއްޓުމަށް އެކަށީގެންވާ އަދަދަށް ފަޅުވެރިން ނެތި އުޅަނދު ދޫކޮށްލާފައި އޮތުމުގެ ސަބަބުން ނުރައްކާތެރި ހާދިސާތައް ދިމާވެ، މީހުންގެ މުދަލަށް ގެއްލުންވަމުންދާ ކަމަށެވެ.
އެހެންކަމުން، ކަނޑު...