ރައީސް ނެރުއްވި މުހިންމު މަޝްރޫއުތަކުގެ ގަރާރުގައި އައްޑޫ ބްރިޖްގެ ވާހަކައެއް ނެތް!
ސަރުކާރުން ހިންގާ މުހިންމު މަޝްރޫއުތައް ހިމެނޭ ގަރާރެއް އިއްޔެ ރައީސް ޑރ. މުހައްމަދު މުއިއްޒު ނެރުއްވިއިރު، އޭގައި އައްޑޫ ސިޓީ ހިތަދު އާއި ހުޅުމީދޫ ގުޅާލާ ބްރިޖްގެ ވާހަކަ ނެތެވެ.
އައްޑޫ ސިޓީ ހިތަދު އާއި ހުޅުމީދޫ ބްރިޖަކުން ގުޅުވާލުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެއީ އައްޑުއަށް އެމަނިކުފާނު ވެވަޑައިގެންނެވި އެންމެ ބޮޑު ވައުދެވެ.
މަޖިލިސް އިންތިހާބާ ދިމާކޮށް ސަރުކާރުން ވަނީ އައްޑޫ ބްރިޖްގެ ސާވޭގެ މަސައްކަތް މިސްރުގެ ކުންފުންޏަކާ ހަވާލުކޮށްފަ...