ރީނދޫ އާބެހޭ، ކުރިން ނޭނގޭ ހަގީގަތެއް މިއޮތީ!
ރީނދޫއަކީ އިނގުރުގެ އާއިލާއަށް ނިސްބަތްވާ ގަހެއްގެ މޫ ނަގައިގެން އުފައްދާ ހަވާދުގެ ބާވަތެކެވެ. ރިނދޫ ހެދުމަށްޓަކައި ގަހުގެ މޫގަނޑު ނެގުމަށްފަހު ގަދަހޫނުގައި އެމޫތައް ހިއްކާލެވެ އެވެ. އެއަށްފަހު މުގުރައި، ހިމުންކޮށްލެވެ އެވެ. ހިމުންކޮށްފައިވާ ރީނދޫއަކީ ކެއްކުމުގައި ބޭނުންކުރުމަށް އެންމެ ފަސޭހައިން ލިބެން ހުންނަ ގޮތެވެ. އެހެންނަމަވެސް ތާޒާ ރީނދޫ ވެސް ގާނައިގެން ކެއްކުމުގައި ބޭނުންކޮށް އުޅެ އެވެ. ކެއްކުމުގެ އިތުރަށް ރީތިވުމަށާއި ބޭސްފަރުވާއަށް މުގުރާފައިވާ ރީނދޫ ބޭނުންކުރެވެ އެވެ. ރީނދޫގައި...