އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމަށް ކުރީގެ ސީޕީ ފަސީހު އައްޔަންކޮށްފި
އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ޝަމްއާން ވަހީދު ވަކިކުރުމަށްފަހު އެ މަގާމަށް ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު ފަސީހު މިއަދު އައްޔަންކޮށްފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މިރޭ އެކްސްގައި ވިދާޅުވީ ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަންގެ މަގާމަށް، ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގައި، ފަސީހު ރައީސް މުހައްމަދު މުއިއްޒު އައްޔަންކުރައްވާފައިވާ ކަމަށެވެ.
ޝަމްއާން ކުއްލިއަކަށް މަގާމުން ވަކިކުރިއިރު އިމިގްރޭޝަންގެ އޮފިސަރުންތަކެއް ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާ ކަމުގެ މައްސަލައެއް...