ޝަރީއަތުގެ ވަގުތުގައި އަލީ ރަޝީދު ޓެކްސީ ކުރި މައްސަލަ ނުބަލަން ނިންމައިފި
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސައިންގެ ސުލޫކީ މައްސަލަ ނުބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.
އަމިއްލަ ފަރާތަކުން ޖޭއެސްސީއަށް ހުށަހެޅި އެ މައްސަލާގައި ވަނީ ގާނޫނީ ވަކީލު އަލީ ހުސައިން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައިގެ އަޑުއެހުމެއް މިދިޔަ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހުގެ 11:00އަށް ތާވަލްކޮށްފައި ވަނިކޮށް، ރަސްމީ މަސައްކަތް ދޫކޮށް ޓެކްސީ ޑްރައިވަރަކަށް ވެގެން އެއާޕޯޓަށް މީހުން އުފުލުމަށް...