ޔުކްރެއިންގެ ހަނގުރާމަ ނިންމުމަށް ޓްރަމްޕާއި ޒެލެންސްކީ އެއްބަސްވުމަކަށް
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ޔުކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ރަޝިޔާއިން ޔުކްރެއިންއަށް ދެމުންދާ ހަމަލާތައް ހުއްޓުވުމަށް މަސައްކަތްކުރުމަށް އެއްބަސްވެއްޖެ އެވެ.
ވައިޓް ހައުސްއިން ބުނެފައިވަނީ ރައީސް ޓްރަމްޕާއި ޒެލެންސްކީ ބުދަ ދުވަހު އެއް ގަޑިއިރުގެ ފޯން ކޯލެއް ކޮށްފައިވާ ކަމަށާއި އެ ކޯލަކީ ކާމިޔާބު މަޝްވަރާތަކެއް ކުރެވުނު ކޯލެއްކަމަށެވެ.
ޓްރަމްޕާއި ޒެލެންސްކީ އަލުން ވާހަކަ ދައްކަވާފައި މިވަނީ މިދިޔަ ފެބްރުއަރީ 28 ވަނަ ދުވަހު ވައިޓް ހައުސްގައި ދެ ގައުމުގެ...