ޕޮލިސް ބޯޑަށް ސޯދިގާއި މިޒްމާދު އައްޔަންކުރަނީ
އާއްމުންގެ ތެރެއިން ޕޮލިސް ބޯޑަށް އައްޔަން ކުރާ ދެ މެންބަރުންގެ ގޮތުގައި މުހައްމަދު ސޯދިގު އާއި އަޙްމަދު މިޒްމާދު އައްޔަންކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ޕޮލިސް ބޯޑަށް ކުރިމަތިލުމަށް މިދިޔަ މަހު ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވި ހަތަރު ބޭފުޅުންގެ ތެރެއިން ސޯދިގާއި މިޒްމާދު އައްޔަންކުރަން ފާސްވީ އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި 64 މެންބަރުންގެ ވޯޓުންނެވެ.
އެ ދެ ބޭފުޅުންގެ ތެރެއިން ސޯދިގަކީ ކުރީގެ ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރެވެ. މިޒްމާދަކީ ގާނޫނީ...