ޖައްވުގައި ތާށިވި ދެ އެސްޓްރޮނޮޓުން ނުވަ މަސްފަހުން އެނބުރި ދުނިޔެއަށް
ނުވަ މަސްދުވަހު ޖައްވުގައި ހޭދަކުރުމަށްފަހު، ނާސާގެ ޖައްވީ އުޅަނދުގައި ތާށިވި ބަޗް ވިލްމޯރް އަދި ސުނީތާ ވިލިއަމްސް އެނބުރި ބިމަށް އަތުވެއްޖެ އެވެ.
އެމީހުން ގޮވައިގެން ދަތުރުކުރި ސްޕޭސްއެކްސް ކެޕްސިއުލް ވަނީ ބާރު ސްޕީޑެއްގައި ދުނިޔޭގެ ފަށަލައަށް ވަދެ، ހަތަރު ޕެރަޝޫޓް ހުޅުވުމާއެކު ފްލޮރިޑާގެ އައްސޭރިފަށުގައި މަޑުމަޑުން ފެނަށް ތިރިކޮށްފަ އެވެ.
މުޅި ދުނިޔޭގެ ސަމާލުކަން ލިބުނު މި އެނބުރި އައުމުގައި، އުޅަނދު ތިރިކުރި ވަގުތު ޑޮލްފިންތަކެއް ވަނީ އެ އުޅަނދުގެ ވަށައިގެން...