ސުޕްރީމް ކޯޓުގެ ބެންޗު ކުޑަކުރާ ބިލް އިތުރަށް އިސްލާހުކުރަން ކޮމިޓީއަށް
ކޯޓުތަކުގެ ގާނޫނަށް ފަސް ވަނަ އިސްލާހު ގެނައުމުގެ ބިލު އަލުން ވިސްނެވުމަށް އެދިވަޑައިގެން ރައީސް މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް އަނބުރާ ފޮނުވުމުން އެ ބިލް އިތުރަށް އިސްލާހު ކުރުމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް މިއަދު ފޮނުވައިފި އެވެ.
ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް މަޖިލީހުން ފާސްކުރީ މިދިޔަ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު އެވެ. ނަމަވެސް އަލުން ވިސްނެވުމަށް އެދިވަޑައިގެން ރައީސް މުއިއްޒު އެ ބިލް އަނބުރާ...