ފިރިމީހާއަށް ފާޑުކިޔާ މީހުންނަށް ސޮނާކްޝީގެ ހޫނު ރައްދެއް!
ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސޮނާކްޝީ ސިންހާގެ ފިރިމީހާ ޒަހީރު އިގްބާލްއަށް ފާޑުކިޔަމުން އަންނަ މީހުންނަށް ސޮނާކްޝީ ހޫނު ރައްދެއް ދީފި އެވެ.
އާއްމުން ޒަހީރުއަށް ފާޑު ކިޔަން ފަށާފައިވަނީ ހިންދޫން ފާހަގަކުރާ އީދެއް ކަމަށްވާ ހޮލީ ކުޅުމުގައި އޭނާ ސޮނާކްޝީއާއެކު ބައިވެރި ނުވުމުންނެވެ.
ހޮލީއާ ގުޅިގެން ސޮނާކްޝީ އޭނާގެ އިންސްޓަގްރާމަށް ބައެއް ފޮޓޯތައް ހިއްސާކޮށްފައިވާއިރު އެއިން އެއްވެސް ފޮޓޯއެއްގައި ޒަހީރުއެއް ނުފެނެ އެވެ.
ނަތީޖާއަކަށްވީ އިސާހިތަކު ގިނަ މީހުން ޒަހީރުއަށް ފާޑުކިޔަން ފެށުމެވެ. އެއާއެކު...