މިނިސްޓަރެއްގެ ފެންވަރުގައި ނަރީޝް ޔޫތު މިނިސްޓްރީއަށް!
ރައީސް މުހައްމަދު މުއިއްޒުގެ އެދިގެން މާލެ ސިޓީ ޑެޕިއުޓީ މޭޔަރުކަމުން ބުދަ ދުވަހު އިސްތިއުފާދެއްވި އަހުމަދު ނަރީޝް މިނިސްޓަރެއްގެ ފެންވަރުގައި ޔޫތު މިނިސްޓްރީއަށް އައްޔަންކޮށްފި އެވެ.
"ހުރިހާ" އަށް އެނގިފައިވާ ގޮތުގައި ނަރީޝް އައްޔަންކޮށްފައި މިވަނީ ޔޫތު އެމްޕަވަމަންޓް އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓަރުގެ އެޑްވައިޒަރެއްގެ މަގާމަށެވެ.
ބުދަ ދުވަހު ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރުގެ މަޤާމުން ނަރޯޝް އިންސިއުފާ ދިން އިރު، ނަރީޝް ހުށަހެޅުއްވި އިސްތިއުފާގެ ސިޓީގައި ވަކި ސަބައެއް ބަޔާންކޮށްފައެއް...