ނޫސްވެރިޔާ ފިޔާޒުއަށް ރައީސް މުއިއްޒު ބިރުދެއްކި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
އަދަދު ނޫހުގެ ނޫސްވެރިޔާ އަދި ސީއީއޯ ހުސައިން ފިޔާޒު މޫސާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ބިރުދެއްކި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި އެވެ.
އަދަދު ނޫހުން މިރޭ ނެރުނު ބަޔާނެއްގައި ވަނީ ރޭ 19:04 ހާއިރު ފޯނުން ގުޅުއްވައި ފިޔާޒުއަށް ރައީސް މުއިއްޒު ބިރުދައްކައި އިންޒާރުދީފައިވާ ކަމަށެވެ.
އެ ބަޔާނުގައި ވަނީ ރައީސް މުއިއްޒު ފިޔާޒަށް ގުޅުއްވީ، އެމްޑީޕީގެ އެއްވުމެއްގައި އެ ޕާޓީގެ މެންބަރަކު އެމަނިކުފާނުގެ އާއިލާގެ ބޭފުޅަކާ ބެހޭ ގޮތުން ވާހަކަ...