ލޯބި ލޯބިން 2
ކޯޓަށް ވަދެގެން ދިޔައިރު ހިތް ނުތަނަވަސް ވެފައި ހުރި ކަމުގައި ވިޔަސް އެތަނުގައި ކަންތައް ދިޔައީ މަލަކާ ހީކުރި ވަރަށް ވުރެ އޮމާން ކޮށެވެ. ވަރީގެ ފޯމުގައި ހުރި އެއްވެސް ވާހަކައަކަށް އަލީމްގެ ފަރާތުން އިންކާރެއް ނުކުރެ އެވެ. ގާޒީގެ ނަސޭހަތާއި އިރުޝާދުތަކަށް ފަހު ދެފަރާތުން އެދުނުގޮތަށް ވަރީގެ ކަންތައް ހަމަޖެހިއްޖެ އެވެ.
ކޯޓުން ނިކުމެގެން ޓެކްސީގައި ގެއަށް ދިއުމުގެ ބަދަލުގައި މަލަކާ މިސްރާބު ޖެހީ އޮފީހަށެވެ. ހަފުތާއެއްގެ ޗުއްޓީ ނަގާފައި...