ލޯނުތައް ދެއްކުމަށް ސަރުކާރުން ދެ ބިލިއަން ރުފިޔާ ހޭދަކޮށްފި
އެކި ތަންތަނުން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުމަށް ސަރުކާރުން މި އަހަރުގެ މިހާތަނަށް ދެ ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ފިނޭންސް މިނިސްޓްރީގެ ވީކްލީ ފިޒްކަލް ޑިވެލޮޕްމަންޓް ރިޕޯޓް ދައްކާ ގޮތުން މިމަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށް ލޯނު ދެއްކުމަށް 2.28 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލޯނުތައް ދެއްކުމަށް ހޭދަކުރި 792.1 މިލިއަން...